ސްޓްރެޓަޖިކް ޑިވެލޮޕްމަންޓް އެންޑެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓް
މި ޑިޕާޓްމަންޓް އެކުލެވިގެން ވަނީ ދެ ޔުނިޓެއްގެ މައްޗަށެވެ. އެއީ ސްޓްރެޓަޖިކް ޑިވެލޮޕްމަންޓް ޔުނިޓް (އެސް.ޑީ) އާއި ޕަބްލިކް އެފެއާޒް ޔުނިޓް (ޕީ.އޭ) އެވެ.
ކޮމިޝަނުން ހިންގާ ޙަރަކާތްތަކާއި ކޮމިޝަނުގެ ޒިންމާތައް އަދާކުރުމުގައި ހެދިފައިވާ ސްޓްރެޓަޖިކް ޕްލޭނާ އެއްގޮތަށް ކޮމިޝަނުގެ މަސައްކަތްތައް ހިނގާތޯ ބެލުމާއި، ކޮމިޝަނުގެ މުސްތަޤްބަލް ރާވާ ހިންގާނެ ގޮތް އެކުލަވާލާނީ މިޑިޕާޓްމަންޓުންނެވެ.
ކޮމިޝަން ހިންގުމާ ޙަވާލުވެ ތިބި ފަރާތްތަކަށް ކޮމިޝަން ކުރިއަރުވާނެ ގޮތްތަކާ ގުޅޭގޮތުން ލަފާ އާއި އިރުޝާދު ދިނުން.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީސް އަދި ކޮމިޝަނާ ގުޅުންހުރި އެހެނިހެން ސްޓޭކްހޯލްޑަރުންނާއި ކޮމިޝަނާ އޮންނަ ގުޅުންތައް ފަރުމާކޮށް ކުރިއަރުވައި، ތަންފީޒުކޮށް، އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަކީ މި ޔުނިޓުގެ ޒިންމާއެކެވެ.
ކޮމިޝަނުގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމާއި، އެކިއެކި ސޯޝަލް ނެޓްވާރކްތަކާއި މީޑިއާތަކާ އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަކީވެސް މި ޔުނިޓުގެ ޒިންމާއެކެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ގުޅުންހުރި މުއައްސަސާތަކާ ގުޅުން ޤާއިމްކޮށް ދެމެހެއްޓުމަކީ މިޔުނިޓުގެ ޒިންމާއެކެވެ.
ސްޓްރެޓަޖިކް ޑިވެލޮޕްމަންޓް ޔުނިޓް (އެސް.ޑީ.)
ސީނިއަރ މެނޭޖްމަންޓުގައި ބައިވެރިވެ، ކޮމިޝަނުގެ ހަރަކާތްތައް ހިންގުމުގައި ތާޒާ އައު ޙިޔާލުތައް ފޯރުކޮށްދިނުމުގައި ބައިވެރިވުން؛
ޕަބްލިކް އެފެއާޒް ޔުނިޓް
މި ޔުނިޓުގެ މައިގަނޑު މަޤްސަދަކީ ކޮމިޝަނާ ގުޅުންހުރި (ސްޓޭކްހޯލްޑަރ) ފަރާތްތަކާއި އޮންނަ ގުޅުންތައް ޤާއިމްކޮށް، އެ ގުޅުންތައް ކުރިއަރުވާ ދެމެހެއްޓުމެވެ.