ކޮމިޝަނުގެ ރައީސް – ޤާސިމް ޢަބްދުލް ކަރީމް

nic-president

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށާއި، ރައީސްކަމަށް އަލްފާޟިލް ޤާސިމް ޢަބްދުލް ކަރީމް އައްޔަނުކުރައްވާފައިވަނީ، 2020 އޮކްޓޫބަރ 26 ވަނަ ދުވަހުއެވެ. ޤާސިމް ޢަބްދުލްކަރީމަކީ، ކޮމާސް ޓީޗަރެއްގެ މަޤާމުން ފެށިގެން ދައުލަތުގެ ތަފާތު ދާއިރާތަކުގައި 12 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތުޚިދްމަތް ކުރައްވާ ތަޖްރިބާ ލިބިވަޑައިގެންހުންނެވި ބޭފުޅެކެވެ. މިގޮތުން، ސީނިއަރ އެޑްމިން އޮފިސަރުން ފެށިގެން ޑެޕިއުޓީ ޑިރެކްޓަރ އަދި ޑިރެކްޓަރ އޮފް ފައިނޭންސް އެޑްމިނިސްޓްރޭޓަރގެ މަޤާމު ފުރުއްވިއެވެ. މީގެ އިތުރުން އަތޮޅުވެރިކަމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް މެނޭޖަރ ކަން އަދާކުރެއްވުމަށްފަހު ކޯޕަރޭޓް ސެކްޓަރގެ ޕްރޮޖެކްޓް މެނެޖަރއެއްގެ މަގާމްވެސް އަދާކުރެއްވިއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށާއި، ރައީސް ކަމުގެ މަގާމަށް، ޤާސިމް ޢަބްދުލްކަރީމް އައްޔަން ކުރުމުގެކުރިން ހުންނެވީ، އެމް.ސީ.އައި.އެފްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމުގެ މަގާމުގައެވެ. ޤާސިމް ޢަބްދުލްކަރީމަކީ، ބެޗެލަރސް އޮފް ބިޒްނަސް އެޑްމިނިސްޓރޭޝަންގެ ދާއިރާއިން މެލޭޝިޔާގެ އައި.އައި.ޔޫ އިން ފަސްޓް ޑިގްރީ ޙާޞިލްކުރައްވާފައިވާ، އަދި މާސްޓރސް އިން ޕްރޮޖެކް މެނޭޖްމަންޓްގެ ދާއިރާއިން މެލޭޝިޔާގެ ޔޫ.އެސް.އެމް މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ އަދި ހިންގުމުގެ ދާއިރާއިން ތަފާތު ގިނަ ތަމްރީނުތައް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.


ކޮމިޝަންގެ މެންބަރުން