މި ކޮމިޝަނުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުޙައްމަދު މަހުދީ ކޮމިޝަނުގެ ވަޒީފާއިން ވަކިވުން

ޝާއިޢުކުރެވުނީ: 26 ނޮވެންބަރު 2020

މި ކޮމިޝަނުގެ އެކި ވަޒީފާތަކުގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުޙައްމަދު މަހުދީ ކޮމިޝަނުގެ ވަޒީފާއިން ވަކިވުމާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ހާއްސަ ހަފްލާއެއް މިއަދު ބޭއްވުނެވެ. މި ހަފްލާގައި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ. އަދި މުޙައްމަދު މަހުދީ ކޮމިޝަނަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް ކޮމިޝަނުގެ ފަރާތުން މުޙައްމަދު މަހުދީއަށް ވަނީ ހަނދާނީ ލިޔުމަކާއި އައްޑަނައެއް އަރުވާފައެވެ.