ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުން ތަންފީޒީ އިދާރާތަކަށް ތަޢާރަފްވުން

ޝާއިޢުކުރެވުނީ: 24 ނޮވެންބަރު 2020

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުން، ތަންފީޒީ އިދާރާތަކަށް ތަޢާރަފްވުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. 24 ނޮވެމްބަރ 2020 ގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސްގެ އިމާރާތުގައި ބޭއްވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުން ތަޢާރަފްވުމުގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތަކާއި، އެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ދިމާވާ ދަތިތަކާއި އަދި އެ ދަތިތައް ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސްއާއެކު ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައްޗަށް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.