ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުން ތަންފީޒީ އިދާރާތަކަށް ތަޢާރަފްވުން

ޝާއިޢުކުރެވުނީ: 16 ނޮވެންބަރު 2020

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް ގުޅުނު މެންބަރުން، ތަންފީޒީ އިދާރާތަކަށް ތަޢާރަފްވުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. 15 ނޮވެމްބަރ 2020 ގައި، މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތުގައި ބޭއްވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުން ތަޢާރަފްވުމުގެ އިތުރުން، އެ އިދާރާއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތަކާއި، އެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ދިމާވާ ދަތިތަކާއި އަދި އެ ދަތިތައް ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާއެކު ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައްޗަށް މި ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.