މެންބަރ – އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާން

nic-president

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޛް ޝުޢައިބު ޢަބްދުއްރަޙްމާން އައްޔަނުކުރައްވާފައިވަނީ، 2020 އޮކްޓޫބަރ 26 ވަނަ ދުވަހުއެވެ. އަލްއުސްތާޛް ޝުޢައިބު ޢަބްދުއްރަޙްމާނަކީ، ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވާ ބޭފުޅެކެވެ. ޚާއްޞަކޮށް، އަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާގައި ގިނަދުވަސްތަކެއްގައި ޤާޟީކަން ކުރައްވާފައިވާ ބޭފުޅެވެ. މީގެ އިތުރަށް ހިންގުމުގެ ދާއިރާގައި ޑިރެކްޓަރެއްގެ މަޤާމުގައި 7 އަހަރަށްވުރެ ގިނަދުވަހު މަސައްކަތް ކުރެއްވިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަންވެސް 4 އަހަރު ކުރެއްވިއެވެ. އޭގެ އިތުރަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރއެއްގެ ގޮތުގައިވެސް 6 އަހަރު މަސައްކަތް ކުރެއްވިއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުގެ ގޮތުގައި ޝުޢައިބު ޢަބްދުއްރަޙްމާން އައްޔަން ކުރުމުގެކުރިން ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރއެއްގެ މަގާމުގައެވެ. އަލްއުސްތާޛް ޝުޢައިބު ޢަބްދުއްރަޙްމާނަކީ، 1985 ވަނަ އަހަރު، އިމާމް މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ، ރިޔާޟް އިން ސުންނަތާއި އޭގެ ޢިލްމުން ފުރަތަމަ ޑިގްރީ ހައްދަވައި، ކިންގް ސުޢޫދު ޔުނިވަރސިޓީން 1990 ވަނައަހަރު ޢަރަބި ޓީޗިންގ ގްރެޖުއޭޓް ޑިޕްލޮމާ ހައްދަވާ، އަދި، 2009 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން މާސްޓަރ އޮފް ޝަރީޢާ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެކި ދާއިރާތަކުން ތަފާތު ގިނަ ތަމްރީނުތައްވެސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.


ކޮމިޝަންގެ މެންބަރުން