
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުން 2015 އޮކްޓޯބަރ 15 ވަނަ ދުވަހު ކޮމިޝަނުގެ މެންބަރުކަމަށް ޚަދީޖާ ޢަބްދުﷲ ފަސް އަހަރުގެ މުއްދަތަށް ޢައްޔަންކުރެއްވިއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ވުމުގެކުރިން 2004 އިން ފެށިގެން މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް (އެމް.ޕީ.އެސް) ގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ގަވާއިދުތަކާއި، އުސޫލުތަކާއި އަމުރުތައް ޑްރާފްޓްކޮށް، މަދަނީ މައްސަލަތަކުގައި ދަޢުލަތުގެ ވަކީލާއެކު ކޯޓުތަކުގެ އަޑުއެހުންތަކުގައި މައްސަލަތަކާ ގުޅޭގޮތުން ބައިވެރިވެ ވަކާލާތު ކޮށްފައިވެއެވެ. މީގެއިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި، ހިއުމަންރައިޓްސް ކޮމިޝަނުން ފުލުހުންނާ ގުޅިގެން ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅޭގޮތުން ފުލުހުން ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ދެއްވައެވެ. އަދި 2014 އިން 2015 އަށް އެމް.ޕީ.އެސް ގެ ޑިސިޕްލިނަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވެއެވެ.
ޚަދީޖާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން ( މިހާރުގެ ޤައުމީ ޔުނިވަރސިޓީ) އިން ބެޗްލަރސް އޮފް ލޯ (އެލް.އެލް.ބީ) ޚަޞިލުކޮށްފައެވެ. އަދި ވިލާ ކޮލެޖުން މާސްޓަރސް އޮފް އިސްލާމިކް ޝަރީޢާ ފުރިހަމަ ކޮށްފައެވެ.
ޚަދީޖާ ޤާނޫނީ ދާއިރާއަށް އެންމެ ފުރަތަމަ ނިކުންނެވީ ޕްރިމިއަރ ޗެމްބަރސް ބެރިސްޓަރސް އެންޑް އެޓަރނީސް ގައި ލީގަލް އެސިސްޓެންޓެއްގެ ގޮތުގައެވެ. އަދި އެމް.ޕީ.އެސް ގެ ވަޒީފާގައި މަސައްކަތް ކުރެއްވުމުގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސްގެ ލީގަލް އެސިސްޓެންޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ޚަދީޖާ ޝައުގުވެރިވެލެއްވީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތް ހިނގަމުންދާގޮތާއި، އެ ތަންތަނުގައި ހިނގާ ނޭދެވޭކަންތައްތައް ނައްތާލުމަށާއި، އެފަދަކަންތައްތަކާ ދެކޮޅަށް ސްޓްރެޓަޖީތައް އެކުލަވާލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެކަމަނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއިން އެން.އައި.ސީ.އަށް ފައިދާކުރާނެކަމަށް ދެކެވަޑައިގަންނަވާތީއެވެ.